ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ މާލޭގެ ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަންކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ، އެ ތަނުން ވައްކަން ކޮށްފައިވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ ފުރާޅުން ޓިނު ނަގައިގެން ކަމަށެވެ.
އެ ފިހާރައަކީ 24 ގަޑިއިރު ހިންގާ ތަނެކެވެ. އެތަން ބަންދުކުރަނީ ހަމައެކަނި ހުކުރު ވަގުތަށެވެ.
އެ ތަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ފޯނަކާއި ފައިސާ ހިމެނޭކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށާއި މައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު