މަރްޔަމް ނަހްދާ ވަޙީދު   14 ޖޫން 2025 - 4:5
ސޫރިޔާ46 ގެ ޕޯސްޓަރު
ސޫރިޔާ46 ގެ ޕޯސްޓަރު
އިންޑިއާ ސިނަމާގެ މަޝްހޫރު ތަރި ސޫރިޔާގެ ކުރިއަށް އޮތް ފިލްމު "ސޫރިޔާ46" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ވެންކީ އަޓްލުރީ ޑައިރެކްޓު ކުރާ މި ފިލްމު ޕްރޮޑިއުސް ކުރާނީ ސިތާރާ އެންޓަޓެއިންމެންޓްސް އާއި، ފޯޗިއުން ފޯ ސިނަމާސް ގުޅިގެންނެވެ.

މި ފިލްމުގެ ޝޫޓިން ފެށީ މިއަހަރު މޭއި މަހުގައެވެ. ފިލްމުގެ ޝޫޓިން ހާމަކުރިނަމަވެސް، ފިލްމުގެ ޕްލޮޓާގުޅޭ ގޮތުން މާ ގިނަ މައުލޫމާތެއް އަދި މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރާދިކާ ސަރަތުކުމާރު، ރަވީނާ ޓެންޑަން، އަދި މަމިތާ ބައިޖޫ ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފިލްމުގެ ޕޯސްޓަރު ނެރުމާއެކު އެތައް ބައެއްގެ ތަރުހީބު ވަނީ އެއަށް ލިބިފައެވެ. މި ފިލްމު ތަފާތު ބަހުރުވަތަކުން ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން