މަޝްހޫރު ތަރިއަކާ ކައިވެނިކުރުމަށްފަހު ހިތް ގާ ކުރަން ޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާގެ އަނބިމީހާ ސުނީތާ އަހޫޖާ ބުނެފިއެވެ.
ދާދި ފަހުން އިންސްޓަންޓް ބޮލީވުޑަށް ދިން އިންޓަވިއުއެއްގައި ސުނީތާ ވަނީ މަޝްހޫރު ތަރިއަކާ ކައިވެނި ކޮށްގެން އުޅޭ އިރު ދިމާވާ ތަކުލީފުތަކުގެ ވާހަކަަ ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނީ ފިލްމު ސްޓާރެއްގެ އަނބިމީހާގެ ގޮތުގައި ހުންނަން ބޭނުންވާނަމަ ހިތް ގާ ކުރަން ޖެހޭ ކަމަށެވެ.
އަދި ގޭގައި ހޭދަކުރާ ވަގުތުތަކަށްވުރެ، ގޯވިންދާ ފިލްމުގެ ކާސްޓުންނާއެކު ހޭދަކުރާ ވަގުތު ގިނަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ ބައިވެރިޔާއަށް އިތުބާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ "އިންސެކިއުރިޓީ" ތަކަށް މާ ބޮޑު ސަމާލުކަމެއް ދީގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ގޯވިންދާ އާއި ސުނީތާ ކައިވެނި ކުރީ 1987 ގައެވެ. މި ދެ މީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު