މިމަހު ނެރުމަށް ހަަމަޖެހިފައިވާ ފިލްމު "ސޮރީ" ގެ ބިހައިންޑް ދަ ސީން (ބީޓީއެސް) ޓްރެއިލާއާއެކު އަސަރުން ފުރިގެންވާ ލަވައެއް ނާޝް އާއި ނަބީލްގެ އަޑުން އިއްވައި، ފިލްމުގަ ހުރި ހައިބަތު ދައްކާލައިފިއެވެ.
މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ ފިލްމުތަކުގެ ބީޓީއެސް އަކީ އަބަދުވެސް މީހުން ވަރަށް ފޯރިއާއެކު ބަލާ އެއްޗެކެވެ. ފިލްމު ޝޫޓު ކުރަން ފެށުމާއެކު ބީޓީއެސް އަށް އެންމެން އިންތިޒާރު ކުރަން ފަށައެވެ. އެހެންނަމަވެސް، މިފަހަރު ނެރޭ "ސޮރީ" ގެ ބީޓީއެސް ދައްކާލާފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ.
"ސޮރީ" ގެ ބީޓީއެސް ނެރެނީ ސީރީސްއެއް ހެންނެވެ. ރޭގައި ދައްކާލި 20 މިނިޔުގެ ބީޓީއެސް ޓީޒަރުން، ފިލްމާ އެއްވަރަށް ބީޓީއެސް އަށްވެސް އިންތިޒާރު ކުރެވެން ފަށައިފިއެވެ.
ރޭގަ އޮތް ހަފްލާގައި ބީޓީއެސް ޓީޒަރު ދައްކާލާފައިވާއިރު، ގާތްގަނޑަކަށް 20 މިނެޓުގެ ބީޓީއެސް އާންމުން ބަލަމުންދިޔައީ ވަރަށް ބަލާހިތުންނެވެ. ތަފާތު ރަހަތަކާއެކު ފެނިގެންދިޔަ މި ބީޓީއެސްގައި ފިލްމުގެ ބައިވެރިން އެމީހުންގެ ތަޖުރިބާތައް ކިޔައިދެމުން ދިޔައެވެ. އަދި ފިލްމާމެދު ކުރާ އިންތިޒާރާއި ތައުރީފުގެ ބަސްތައް ބަންޑުން ޖަހާލިއެވެ.
ކެމެރާގެ ފުރަގަހުގެ ވީޑިއޯތަކާއެކު ފިލްމުގެ ބައެއް މަންޒަރުތައް ދައްކާލާފައިވަނީ ފިލްމުގެ ބޮޑު މަންޒަރު ދައްކާލަމުންނެވެ. އެއާއެެކު ސްޓޭޖުމަތިން ދެން ދައްކާލީ ފިލްމުގެ ތީމް ލަވައެވެ. މިއީ ގައިން ހީބިހި ނަގާފަދަ އަސަރުން ފުރިގެންވާ ލަވައެކެވެ.
ޒަމާންތަކަކަށްފަހު ނާޝް މި ކިޔައިދިން ލަވައިން ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ނާޝްއާއެކު ނަބީލްވެސް މިފަހަރު ކިޔައިދީފައި މިވަނީ ތަފާތު ލަވައެކެވެ. މިއީ އާދަން އަލީމްގެ ލަވައަކަށްވީއިރު، މި ލަވައިގެ މެލޮޑީ އާ މިއުޒިކު ހަދާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާއެވެ.
މި ލަވަ އިވުމުން ވޭނީ ކަރުނައިން ހަގީގަތުގައިވެެސް ދެލޯ ބަރުކޮށްލައިފިއެވެ.
"ސޮރީ" އަޅުވަން 4 ދުވަހަށް ވަފައިވާއިރު، ދެން ޓިކެޓު ލިބެން އޮތީ 15 ވަނަ ޝޯގެ ފަހަށެވެ.

ކިޔުންތެރިންގެ ހިޔާލު