މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހެއް، ފޮޓޯ: ކްލީވްލޭންޑް ކްލިނިކް
މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހެއް، ފޮޓޯ: ކްލީވްލޭންޑް ކްލިނިކް
ރާއްޖޭން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހަދައިނިމުނުއިރު، އިތުރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭން މެނިންގޯކޮކަލް ބަލިޖެހިފައިވާ މީހެއް ފެނިފައިވާކަން އެޗްޕިއޭއިން ހާމަކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޗް.ޕީ.އޭއިން ވަނީ އަޅާފައެވެ.

އެޗްޕީއޭއިން ބުނީ، ބެކްޓީރިއާއެއްގެ ޒަރީއާއިން ޖެހޭ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން