އިސްރާއީލުގެ ދިފާއީ، އައިޑީއެފުން އީރާނުގެ ހުރިހާ ހިސާބުތަކަށް ހަމަލާ ދެމުން ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހޮނިހިރު ދުވަހު ވީޑިއޯ ބަޔާނެއްގައި ބުނީ އިސްރާއީލުން އީރާނުގެ ވެރިކަމުގެ "ކޮންމެ ލަނޑުދަނޑިއަކަށް ހަމަލާދޭނެ" ކަމަށެވެ. ނަތަންޔާހޫ ބުނިގޮތުގައި އިސްރާއީލުގެ މަތިންދާބޯޓުތައް އެއްވެސް ހުރަހެއް ނެތި ތެހެރާންގެ މަތިން ދަތުރުކުރާތަން ފެންނާނެ ކަމަށެވެ.
"އަހަރެމެން އާޔަތުﷲ ޚާމަނައީ ވެރިކަމުގެ ކޮންމެ ތަނަކަށް އަދި ކޮންމެ ލަނޑުދަނޑިއަކަށް ހަމަލާދޭނަން،" ނަތަންޔާހޫ ބުންޏެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އެ ޤައުމުގެ މަޤްޞަދަކީ އިސްރާއީލަށް އީރާނުން ކުރިމަތިކުރުވާފައިވާ "ދެފުށުގެ ނުރައްކާ" ނައްތާލުން ކަމަށެވެ. މީގެ ތެރޭގައި ޓެހްރާންގެ ނިއުކްލިއަރ ޤާބިލިއްޔަތާއި ބެލިސްޓިކް މިސައިލްތަކުގެ އާލަތްތައް ހިމެނެއެވެ.
ނަތަންޔާހޫ ބުނީ އިސްރާއީލުން ވަނީ އީރާނުގެ މައިގަނޑު ނިއުކްލިއަރ ފެސިލިޓީއަށް "ވަރަށް ބޮޑު ގެއްލުމެއް" ދީފައި ކަމަށެވެ.
"އަހަރެމެން ހަމަލާދިނީ ބޮންތައް އުފެއްދުމަށް ވަރަށް މުހިންމު ޔުރޭނިއަމް އެންރިޗްކުރާ ފެސިލިސިލިޓީއަށް. އަދި ހަމަލާދިނީ މި މަޝްރޫޢުތައް އިސްކޮށް ހިންގާ އެންމެ އިސް ސައިންޓިސްޓުންގެ ޓީމަށް. އަދި މިކަމުގެ ސަބަބުން އެމީހުންގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ، އެކަށީގެންވަނީ އެތައް އަހަރަކަށް އެމީހުންގެ މަސައްކަތް ފަސްވެގެން ދިއުން،" ނަތަންޔާހޫ ބުނެފައިވެެއެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ކަމަށްބުނެ، އިސްރާއީލުން ރޭ ފަތިހުން ފެށިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން، ވެރިރަށް ތެހެރާންގައި މީހުން ދިރިއުޅޭ އިމާރާތަކަށް މިއަދު ހަމަލާދީ 60 މީހުން ވަނީ މަރާލާފައެވެ. އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކުގައި 78 މީހުން މަރުވެ، 320 މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ދޭ އެ ހަމަލާތަކުގެ ރައްދުގައި ރޭ ފަތިހު އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފައެވެ. އެހަމަލާތަކުގައި ތިން މީހަކު މަރުވެ 90 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކުގައި އިސްރާއިލްގެ ވެރިރަށް ޓެލްއަވީވްގެ އިމާރަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ހަމަލާތައް ވެރިރަށް ތެލް އަވީވްގެ ގާތްގަޑަކަށް ހަ ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށް އިސްރާއީލުގެ އެމްބިއުލާންސް ޚިދުމަތުން ބުނެއެވެ.
އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ނިއުކްލިއާ މަރުކަޒަކަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.
އީރާނުން އިސްރާއީލާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ނަމަކީ "އަލްވަޢްދުއްސާދިގު 3" ނުވަތަ ''ޓްރޫ ޕްރޮމިސް 3" އެވެ.
އިސްރާއީލުން މިހާރުވެސް ގެންދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެެވެ. އިރާނުގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުން ދާއިރު ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާއަކީ އިރާނުން ދޭން ތައްޔާރުވަމުން އަންނަ ބެލަސްޓިކް މިސައިލް ހަމަލާ ހުއްޓުވުމުގެ ގޮތުން ދޭ ހަމަލާ ތަކެކެވެ. މިރޭ ވެސް އިސްރާއިލަށް މިސައިލް ހަމަލާތަކެއް ދޭން އީރާނުން އަންނަނީ ތައްޔާރުވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު