ޝަރްވަރީ ވާގު އާއި ދިލްޖިތު
ޝަރްވަރީ ވާގު އާއި ދިލްޖިތު
ބޮލީވުޑްގެ ތަރިން ޝަރްވަރީ ވާގް އާއި ދިލްޖިތު ދޯސަންޖު އެކުގައި ބޮޑު ސްކްރީނުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރިން އެކުގައި ފެނިގެންދާނީ އިމްތިއާޒުގެ ކުރިއަށް އޮތް ފިލްމުންނެވެ. މި ފިލްމު އިއުލާން ކޮށްފައި ވަނީ ޝަރްވަރީގެ އުފަންދުވަހުއެވެ.

މި ފިލްމުގައި ޝަރްވަރީ އާއި ދިލްޖިތުގެ އިތުރުން ވެދަންގު ރެއިނާ އަދި ނަސީރުއްދީން ޝާހުވެސް މުހިންމު ރޯލުތަކެއް ކުޅޭނެއެވެ.

ހިންދުސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނާ ގޮތުގައި މި ފިލްމަކީ ލޯތްބާއި އިންތިޒާރުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަދި މިއީ ވަރަށް ޖަރުބާތީ ތަޖުރިބާއަކަށް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން