އަރްބާޒް ޚާން
އަރްބާޒް ޚާން
ބޮލީވުޑްގެ ތަރި އަރްބާޒް ޚާންގެ ދެވަނަ ކައިވެންޏަށް ދަރިއެއް ލިބެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އަރްބާޒް އެންމެ ފުރަތަމަ ކައިވެނި ކުރީ ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާއާއެވެ. އެކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު އަރްހާން ޚާނަށް މި އަހަރު 23 އަހަރު ފުރޭނެ އެވެ.

އަރްބާޒާއި މަލައިކާގެ ކައިވެނި ރޫޅުނީ 2017 ގައެވެ. އެއަށްފަހު އޭނާ މިހާރުގެ އަނބިމީހާ، މަޝްހޫރު މޭކަޕްއާޓިސްޓު ޝޫރާ ޚާން އާ ކައިވެނިކުރީ 2023 ވަނަ އަަހަރު ޑިސެމްބަރުގައެވެ.

ޝޫރާ ބަލިވެ އިންކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، އެކަން މިހާރު އަރްބާޒް ވަނީ ޔަގީން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ އެ ވާހަކަ ގެނެސްދިން މީޑިއާގެ އާޓިކަލެއްގެ ސްކްރީންޝޮޓެއް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. އަދި އަނެއްކާވެސް ބައްޕައަކަށް ވާން ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން