އިރާނުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 10 އަކަށް އަރައިފިއެވެ.
އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ އެކި އަވަށްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތަކުން އީރާނުގެ ސިފައިން ވަނީ ހައިބްރިޑް ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ހައިފާ އަދި ތެލް އަވީވްގެ ކައިރި ސަރަޙައްދުތައް ހިމެނެއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން 10 މީހުން މަރުވެފައިވެއެވެ. މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ރިޕޯޓް ތައް ބުނެެއެވެ. ރޭގެ މިހަމަލާތަކުގައި 130 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، އީރާންގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް މިިހާރު ދަނީ ކުރަމުންނެވެ. އީރާންގެ ހަމަލާތަކާ އެކު އިޒްރޭލުގެ އެތައް މިލިއަން ބަޔަކު އެ މީހުންގެ ރައްކާތެރިކަމުގެ ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަން ޖެހި ބިރުވެރި ކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޭ އިސްރާއިލްގެ ވިޔަފާރި މަރުކަޒު، ހައިފާއަށް އަމާޒުވި މިސައިލް ހަމަލާއަކީ މިހާތަނަށް އިސްރާއީލަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ. އެގޮތުން ހަމަލާގެ ބާރުގަދަ ކަމުން ހަމަލާ އިސްރާއީލަށް ފޯރީ އެންމެ 5 ވަރަކަށް މިނެޓުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި ހައިފާގެ އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހަމަލާއާއި ގުޅިގެން ވަރަށް ބޮޑަށް އަލިފާން ރޯވުމާއިއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތް ކޮށްފައެވެ.
މި ހަމަލާތައް އައިސްފައިވަނީ އިސްރާއީލުގެ ބާރުތަކުން އިރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި މަދަނީ އަދި ހަކަތައިގެ ވަސީލަތްތަކަށް ބޮން އެޅުމަށްފަހުގައެވެ. މީގެ ތެރޭގައި ޓެހްރާންގައި ހުރި ޝަހްރާން ތެލުގެ ވަސީލަތެއްގައި އަލިފާން ރޯވެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން އަމާޒުކުރީ "އިރާނުގެ ވެރިކަމުގެ ނިއުކްލިއަރ ހަތިޔާރު މަޝްރޫޢުއާ ގުޅުންހުރި" ތަންތަނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު