މަރްޔަމް ނަހްދާ ވަޙީދު   16 ޖޫން 2025 - 18:25
މަޝްހޫރު އެކްޓްރެސް އައްޒަ، ފޮޓޯ: ސޮރީ ގެ ޓީމް
މަޝްހޫރު އެކްޓްރެސް އައްޒަ، ފޮޓޯ: ސޮރީ ގެ ޓީމް
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ ގްރޭންޑް އޮޕެނިން 17 ޖޫން ވާ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނާނެއެވެ.

ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ ފިލްމުތަކަކީ ދިވެހިންގެ މެދުގައި އަަބަދުވެސް ވަރަށް މަގުބޫލުވާ ފިލްމުތަކެކެވެ. ނަހޫ ބޮޑު ބްރޭކަކަށްފަހު މިފަހަރު ގެނެސްދޭ "ސޮރީ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށްވީއިރު، މިއީ ވަރަށްވެސް އަސަރުގަދަ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ނަހޫ ވަނީ މީގެ ކުރިން ދީފައެވެ.

ފިލްމުފެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމު ޕްރިމިއާ ކުރުމުގެ ހަފްލާ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ހަފްލާ ޓީވީއެމް، ޔެސް ޓީވީ، އަދި އެސްއެސް ޓީވީއިން ލައިވް ކުރާނެ ކަމަށް "ސޮރީ" ގެ ޓީމުން ވަނީ ބުނެފައެވެ.

މި ހަފްލާގައި ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ.

"ސޮރީ" ގެ ޕްރިމިއާ ނައިޓްގެ ކުރިން ފިލްމުގެ 'ޕްރީ ސަކްސެސް' ކާމިޔާބު ކުރުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ފިލްމުގެ ބީޓީއެސް އާއި ތީމް ލަވަ ދައްކާލާފައިވާއިރު، މި ހަފްލާއަކީވެސް ވަރަށް ކާމިޔާބު ހަފްލާއެކެވެ.



ސޮރީ ގެ 'ޕްރީ ސަކްސެސް' ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-


މި ފިލްމު މާދަމާ ޕްރިމިއާ ކުރާއިރު، މިހާރު ވިއްކަމުން ދަނީ ފިލްމުގެ 18 ވަނަ ޝޯގެ ޓިކެޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން