ލޯކަލްގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގެންދަނީ ގާނޫނީ ޒިންމާ އަދާކުރަމުންކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ގިނަ ރަށްތަކުގައި ކައުންސިލަރުން ތިބެނީ ނަމަކަށް ކަމަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ ވެސް އޮންނަނީ ނިދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވުމާ ގުޅިގެން އެކަމަށް އެކްސްގައި ދެއްވި ރައްދެއްގައެވެ.
ސައުދުﷲ ވިދާޅުވީ އެލްޖީއޭ ގިނަ ފަހަރަށް އޮންނަނީ ނިދާފައި ކަމަށާއި ކައުންސިލްތަކުގެ ބޮޑެތި ޖަރީމާތަކާއި ބޮޑެތި ކަންތައްތައް ކުރަމުންދާއިރު ވެސް ބަލާލުމެއް ނެތް ކަމަށެވެ. އަދި މައްސަލަ ބެލި ކަމުގައިވީނަމަވެސް އެތައް ދުވަހެއް ފަހަނައަޅައިދާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެލްޖީއޭ ސިފަވަނީ ދަތެއް ނެތް ސިންގާއެއް ގޮތުގައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ. ކައުންސިލްތަކުގެ ބަލަދުވެރިން ކަމަށްވާ އެލްޖީއޭއިން މާބޮޑު މަސައްކަތެއް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކައުންސިލަރުން ވެސް ކުރާ މަސައްކަތެއް ނޯންނަ ކަމަށާއި ގިނަ މަސައްކަތްތައް ކުރަނީ އެތަންތަނުގެ ސިވިލްސަރވިސް މުވައްޒަފުންކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.
އެއަށް ރައްދުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެލްޖީއޭއިން ގެންދަނީ ގާނޫނީ ޒިންމާ އަދާކުރަމުން ކަމަށެވެ.
އަދި ކައުންސިލަރުންނަކީ ރައްޔިތުން ހޮވާ ބައެއް ކަމަށާއި ނަމަކަށް ކައުންސިލަރުން ތިބޭނަމަ، ދެ ވަނަ ދައުރަކަށް އެ ކައުންސިލަރުން، ރައްޔިތުން ހޮވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު