ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް —
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް —
މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ތާރީޚުގައިވެސް ނުދެކޭފަދަ ދަރަނިވެރި ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މިރޭ ޕީއެންސީގެ ފަރާތުން ކުރިއަށްގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ނާޒިމް ވިދާޅުވީ، ކުރީ ސަރުކާރު ވެރިކަމުން ފޭބިއިރު ގައުމު އޮތީ މިނިވަންކަމާ ސިޔާދަތާ މެދު ސުވާލު އުފެދޭ ހާލަތަށް ވައްޓާލާފައި ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ އެކަމާ ވަރަށް ބޮޑަށް މާޔޫސް ވެފައިކަމަށާއި ރައްޔިތުން އެދެމުންދިޔައީ ބަދަލަކަށް ކަމަށެވެ.

އަދި ކޮރަޕްޝަނާއި ފަސާދަ އޮތީ އިންތިހާއަށް އާންމުވެފައި ކަމަށާއި އެ ވެރިކަމުގައި އެއްވެސް އުރައްޕެއް ފަންވަރެއް ނެތްކަމަށް ނާޒިމު ވިދާޅުވިއެވެ.

އޭރު ވެރިކަމުގައި ތިބި މީހުންގެ ޕާޓީގައި ދިމާވި މައްސަލަތަކާ ހުރެ އެ ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ހުރިހާ ބުރައެއް އުފުލަން ޖެހުނީވެސް ދިވެހި ރައްޔިތުންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުގައި ކަންކަން ކޮށްފައިވާގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ ދިވެހި ތާރީހުގައި ވެސް ނުދެކޭފަދަ ބޮޑު އަދަދަކުން ގައުމު ދަރާފައި ކަމަށެވެ.

އަދި އެ ކަންކަމުން މިންޖުވުމަށް ރައްޔިތުން އިހުތިޔާރުކުރީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެމަނިކުފާނު ގެންދަވަނީ ގައުމުގެ އިގުތިސާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ނާޒިމު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން