މަރްޔަމް ނަހްދާ ވަޙީދު   17 ޖޫން 2025 - 7:10
ރާޖާ ސާބް ގެ ޕޯސްޓަރެއް-
ރާޖާ ސާބް ގެ ޕޯސްޓަރެއް-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރި ތަރި ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު 'ރާޖާ ސާބް' ގެ ޓީޒަރު ނެރެފިއެވެ.

އިއްޔެގެ ވަގުތެއްގައި މި ފިލްމުގެ ޓީޒަރު ނެރުމާއެކު އެއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި ފިލްމުގައި ޕްރަބާސް ޑަބަލް ރޯލަކުން ފެންނާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފިލްމަކީ ހޮރޯ ކޮމެޑީ ފިލްމަކަށްވީއިރު، މިއީ މިފަދަ ރޯލަކުން ޕްރަބާސް ފެނިގެންދާ ފުރަތަމަ ފަހަރެވެ. އޭނާއާއެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނަ ތަރިންގެ ތެރޭގައި ނިދީ އަގަރުވާލް އަދި މަލާވިކާ މޯހަނާން ހިމެނެއެވެ.



އަދި މި ފިލްމުގެ ހާއްސަ ރޯލުގަކުން ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، ބޮމަން އިރާނީ އަދި އަނިލް ކަޕޫރު ހިމެނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން