ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޕްރޮޑިއުސަރު އާމޮރު ޚާންގެ ފިލްމު 'ސިތާރޭ ޒަމީން ޕަރު' ވަރަށް ކުލަގަދަކޮށް ޕްރިމިއާ ކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ 'ސިތާރޭ ޒަމީން ޕަރް' ގެ ޕްރިމިއާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީވީއާރް އިނޮކްސްގެ މަލްޓިޕްލެކްސް އެއްގައި ކަމަށެވެ. އަދި މި ފިލްމު ޕްރިމިއާ ކުރާއިރު، އާމިރު އާއި ޖެނީލިއާ ދޭޝްމިކްގެ އިތުރުން ފިލްމުގެ ހުރިހާ ކާސްޓުންވެސް އެ ސިނަމާގައި ތިބޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ގޮސްފިނަމަ، މި ފިލްމުގެ ޕްރިމިއާ ޝޯއަށް ބޮލީވުޑްގެ ސުޕަސްޓާރުން ސަލްމާން ޚާން އާއި ޝާހުރުކް ޚާންވެސް ދާނެ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ނޫނަސް ބޮލީވުޑްގެ މަޝްހޫރު ތަރިން މި އިވެންޓުން ފެނިގެންދާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
"ސިތާރޭ ޒަމީން ޕަރު" ޑައިރެކްޓު ކޮށްފައިވަނީ އާރް އެސް ޕްރަސައްނާއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވިސްނުންކޮށި ފިރިހެނުންތަކެއް ކުޅިވަރުގެ ޒަރިއްޔާއިން އެމީހުންގެ ނަފްސު އަލުން ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު