ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަޙުޤީޤު ކުރިއަށްދަނިކޮށް، އޭރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، އޭރުގެ ސީޕީ ޢަލީ ޝުޖާޢު އަށް ގުޅުއްވި ނަމަވެސް، އެކަމުގެ ސަބަބުން މައްސަލައިގެ ތަޙުޤީޤަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ ކޮމިޝަނުން އެގޮތަށް ބުނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ރަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލައިގެ ތަހުގީގަށް އެކުލަވާލި ރިޕޯޓްގައެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިޔައީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
މި މައްސަލައިގައި އެ ކޮމިޝަނުން ތަހުގީގު ނިންމައި ރައީސަށް މިއަދު ރިޕޯޓު ފޮނުވުމާއެކު އެރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ 2025 އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ދަންވަރު، މި މައްސަލައިގައި ޝާމިލްވާ އިތުރު ބަޔަކު އުޅެފައިވަނީ މއ. މާންދޫގޭދެކުނުގޭގައެވެ. މި ގެއަކީ މުޙައްމަދު އަމީނާ ގުޅުންހުރި ގެއެއްކަން ވެސް ރިޕޯޓުގައިވެެއެވެެ.
މީގެއިތުރުން، މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދުގެ ބޭބެ ދާއޫދު އަޙްމަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މުޙައްމަދު އަމީނާ ގުޅުންހުރި ފަރާތެއްކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދަނިކޮށް، މިނިސްޓަރު މުޙައްމަދު އަމީން ފުލުހުންގެ އިސްވެރިއަކަށް ގުޅައި، މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ބަލައިގަންނަން ދަތިކަމެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށެވެ. ނަމަވެސް، މިނިސްޓަރު އަމީންގެ ފޯނު ކޯލުގެ ސަބަބުން މައްސަލައިގެ ތަޙުޤީޤަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަކަށް ކޮމިޝަނަށް ނުފެންނަ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓަކީ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އޭރުގެ ކޮމިޝަނަރު ޢަލީ ޝުޖާއުއަށް ގުޅުއްވި ކަމަށް މިނިސްޓަރު އަމީން ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ސީޕީ ޢަލީ ޝުޖާއުއަށް ގުޅުއްވީ، އެމަނިކުފާނު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން އެންގެވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަމީން ވިދާޅުވީ، އެހާދިސާ އާ ގުޅުންހުރި ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރާނެކަން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވުމުން ކުރީގެ ސީޕީއަށް ގުޅުއްވި ކަމަށެވެ. ނަމަވެސް ސީޕީ ފޯނު ނުނަންގަވާ ކަމަށް އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު އަމީން ވިދާޅުވީ، އެމައްސަލާގައި އެއްވެސް ގޮތަކުން ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރަށްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު