މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަ ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުންނެރުނު ރިޕޯޓްގައި ބުނެފި އެވެ.
މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރޭ ރައީސް އޮފީހުން ވަނީ އާންމުކޮށްފައެވެ. އޭގައި ވަނީ، އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލު ކޮށްފައިވާ ގޮތް ބަޔާންކޮށްފަ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ ހާދިސާ ރިޕޯޓު ކުރުމާ އެކު، ފުލުހުންގެ ކޮމާންޑް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހެންވޭރު ޕެޓްރޯލް ބީޓަށް އަންގައި، އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެ އަށް ގޮސްފައިވާ ކަމަށާއި އަދި ޕެޓްރޯލް ފުލުހުން ދިން މައުލޫމާތުގެ އަލީގައި އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ފޮނުވި ކަމަށެވެ. ނަމަވެސް، އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯ އަށް އެތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަން ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕެޓްރޯލް ބީޓުން އެތަނަށް ދިޔަ ފުލުހުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް ކަމަށާއި ކުށުގެ ވެށި ރަނގަޅަށް ރައްކާތެރި ކޮށްދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޔާސީ ކޮމިޝަނުން ބުނީ، އެތަނުގައި ހަރަކާތްތެރިވި ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައި ނުވާ ކަމަށެވެ.
އަދި ޔުމްނު އެ ރޭ ހ. ފެންޓެނޯއީ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި އުޅުނު ކަން އެނގޭއިރު، އެ ތިން ފަންގިފިލާގެ އިތުރުން، ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސީން ދޫކޮށްލާފައި ދިޔަ ކަން އެނގޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދަން، އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައިނުވާ ކަން ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ގުދަނެއް ހިންގާ މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ލަފާ ދީފައެވެ. މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ ޔުމްނު ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު