ބަޖެޓު މައްސަލަތަކާހުރެ ވެލްކަމް ފްރެންޗައިސްގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ ޝޫޓުތައް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޕިންކްވިލާގައި ބުނެފައިވަނީ ލޮޖިސްޓިކް އަދި ފައިނޭންދިންގެ މައްސަލަތަކެއްގެ ސަބަބުން މި ފިލްމުގެ ބައެއް ޝޫޓުތައް ފާއިތުވި މަސްތަކުގައި އެކިފަހަރު މަތިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ހަ މަސް ދުވަސްތެރޭގައި ފިލްމުގެ ދެ ތިން ޝެޑިއުލެއް ފަސް ކުރަން ޖެހުނު ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ބޮޑު ކާސްޓަކާއެކު އުފައްދާ ފިލްމަކަށްވީއިރު، ފަހު ވަގުތު ޝޫޓުތައް ކެންސަލް ކުރުމާ ގުޅިގެން އެކްޓަރުން މަސައްކަތެއް ނެތިފައި ގޭގައި ތިބެންޖެހިފައިވާ ކަމަށް ރިޕޯޓުގައި ވެއެެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިޝާ ޕަޓާނީ، ޖެކެލިން ފަނެންޑެޒް، ސުނިލް ޝެޓީ، އަރްޝަފު ވަރްސީ، އަދި ރަވީނާ ޓެންޑަން ހިމެނޭ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގެ ޝެޑިއުލް ޑިލޭ ވުމުގެ ސަބަބުން އެކްޓަރުންގެ މަސައްކަތަށް ވަރަށް އަސަރު ކުރާކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިސަބަބާހުރެ ބައެއް ކާސްޓުން ފިލްމު ދޫކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު