ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަޙްމަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓު އާންމުކުރީ އިއްޔެއެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތުވާ ރައުދުގެ ބޭބެ، ދާއޫދު ތަހުގީގަށް ދީފައިވަނީ ދޮގު ބަޔާނެކެވެ. ރިޕޯޓްގައި ބުނީ ޔުމްނުގެ މައްސަލައިގައި ދާއޫދު ދިން ބަޔާނުގައި މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތް ކޮށްފައިނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު ހޯމް މިނިސްޓަރު އަލީ އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮމިޝަނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހްސާން ވެސް ވަނީ އެކަން ތަފްސީލްކޮށް ކޮމިޝަނާއި ހިއްސާކުރައްވާފައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ދާއޫދާއި އިހްސާނާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނިގޮތުގައި ހާދިސާގެ ފަހުން ރައުދު ގެއަށް ގެންދިޔުމުން އޭނާ ބަލައި ފޭބީ ދާއޫދެވެ. އަދި މިކަމާ ގުޅޭ އެއްވެސް ކަމެއް ރައުދު ހިއްސާކޮށްފައި ނުވާކަމަށް ދާއޫދު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވީ ނަމަވެސް ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުންޏެވެ.
މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި މި މައްސަލައިގައި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަމަށާއި އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދާއޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގުކުރުމަށް ވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު