ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ތެރޭގައި އަލުން ފުރުޞަތު އޮންނާނެ ކަމަށާއި އެމަނިކުފާނާއެކު ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެވަނަ ދައުރަކަށް ކުރެއްވި މަސައްކަތާ ދެކޮޅު ހައްދަވާފައެވެ. އަދި އެމަނިކުފާނުގެ ޒާތީ ދިރިއުޅުމާ ގުޅުވައިގެން ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައްވެސް ކުރެއްވިއެވެ.
އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައި، ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރު ފަހުން ރައީސް ނަޝީދު ވަނީ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައެވެ.
ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެމްޑީޕީން ވަނީ އެކަމާމެދު މަޝްވަރާކުރުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެޕާޓީން ނިންމާފައިވަނީ ޕާޓީއަށް ގުޅުމަށް ބޭނުންވާ ބޭފުޅުންނަށް އެ ފުރުޞަތު ދިނުމަށެވެ.
ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު، ރައީސް ނަޝީދާއި އެހެން މެންބަރުންނަށް މަރުޙަބާ ކިޔައި އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ ޤައުމަށްޓަކައި ޙަޤީޤީ މަސައްކަތްކުރުމަށް ބޭނުންވާ ކޮންމެ ބަޔަކަށް ޕްލެޓްފޯމެއް ކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ ރައީސް ނަޝީދާއި އަލަށް ގުޅިވަޑައިގަންނަވާ އެހެން މެންބަރުންނާއެކު ޕާޓީގެ މަސައްކަތްތައް ދެން ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ޢަމަލުތަކުން ފާޅުވާ ގޮތުގައި، އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިޞްލާޙީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެކެވެ. އަދި ޕާޓީއާ ގުޅިވަޑައިގަންނަވާ ކޮންމެ މެންބަރަކީވެސް ޤައުމުގެ ޙައްޤުގައި ވަކާލާތުކުރުމަށް ފަސްނުޖެހޭނެ މެންބަރުންކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ. މީގެ އިތުރުން އެމްޑީޕީން ބުނީ ސަރުކާރު ޖަވާބުދާރީކުރުވައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ހޯދައިދިނުމުގައި ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު