އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ރޭ އިރާކޮޅު އއ. ތޮއްޑޫގައި ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.
އެ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި، ތިން އަންހެނުންނާއެކު ހިނގަމުންދިޔަ ކުޑަކުއްޖަކު ކުއްލިއަކަށް މަގުމައްޗަށް ދުވެފައިދިޔަ ވަގުތު، އެ މަގުން ބާރު ސްޕީޑުގައި އައި ސައިކަލަކުން ޖެހި، ކުއްޖާ ދަނީ ވިއްސައިގެންނެވެ. މި ހާދިސާ ހިނގި ވަގުތު، މަގުގެ އަނެއްފަރާތުގައި ހުރި ފިރިހެނަކު ލަސްނުކޮށް އެ ކުޑަކުއްޖާ ނެގި މަންޒަރު ވީޑިއޯއިން ފެނެއެއެވެ.
އޭގެފަހުން، އެ ފިރިހެން މީހާ ކުޑަކުއްޖާ އަތްދަނޑި މައްޗަށް ލައިގެން އިތުރު ބަޔަކާއެކު އަވަސްއަވަހަށް ހިނގައިގަންނަ މަންޒަރު ފެނެއެެވެ. އެކްސިޑެންޓްވުމަށްފަހު ސައިކަލު ވެސް އެނބުރި ސީނަށް އަންނަ މަންޒަރު ވީޑިއޯ އަށް އަރާފައި ހުއްޓެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގީ ރޭ 19:30ގައި ކަމަށެވެ. އަނިޔާވި ތުއްތު ކުއްޖާއަށް މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ޓޯކޮށް، އެމައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އއ ތޮއްޑޫ ބޮޑު މަގުގައި ރޭ ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި 02 އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ.
— AD'DEY (@Addey_33) June 19, 2025
އެކުއްޖާ ވެއްޓުނު ގޮތަށް ހޭނެތުނީ.
އިމަޖެންސީގައި މާލެ ގެނެސް IGMH ގައި ފަރުވާދެމުން އަންނަނީ.
މާތްﷲ ގެ ހެޔޮރަޙްމަތުން ކުއްޖާގެ ހާލު މިހާރު ރަގަޅު.@PoliceMv pic.twitter.com/VW2BiGettu
އޭގެފަހުން، އެ ފިރިހެން މީހާ ކުޑަކުއްޖާ އަތްދަނޑި މައްޗަށް ލައިގެން އިތުރު ބަޔަކާއެކު އަވަސްއަވަހަށް ހިނގައިގަންނަ މަންޒަރު ފެނެއެެވެ. އެކްސިޑެންޓްވުމަށްފަހު ސައިކަލު ވެސް އެނބުރި ސީނަށް އަންނަ މަންޒަރު ވީޑިއޯ އަށް އަރާފައި ހުއްޓެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގީ ރޭ 19:30ގައި ކަމަށެވެ. އަނިޔާވި ތުއްތު ކުއްޖާއަށް މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ޓޯކޮށް، އެމައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު