ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ނިންމާ އަންނަމަހު ފްލެޓްތައް ލިބުން ފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ އެކި މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް މުޢިއްޒު މިއަދު ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް މިއަދު ހަވީރު ރައީސް ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވެވިއެވެ. އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި ސަރުކާރު ޙަވާލުވިއިރު މަޝްރޫޢުގެ ކުރިއެރުމުގެ ސްޕީޑާ އަޅާބަލާއިރު، މިހާރު ފާހަގަކުރެވޭ މިންވަރެއްގެ ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބު އިތުރަށް ވިދާޅުވީ، މި 4000 ފްލެޓުގެ މަޝްރޫޢުގެ މަސައްކަތުގެ ދާއިރާގައި ޓަވަރުތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގުޅައިދިނުން ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން، މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވަކި މަޝްރޫޢެއްގެ ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު މުއްތަލިބު ހާމަކުރެއްވިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު އިތުރަށް ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ މިންވަރަކުން، ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ހަދައި، ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ ނިޔަލަށް 4000 ފްލެޓް ލިބޭ ފަރާތްތަކާ އެ ފްލެޓްތައް ޙަވާލުކޮށް، އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފެށުން." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު