ކާތިކް އާރިޔަން
ކާތިކް އާރިޔަން
ބޮލީވުޑްގެ ތަރި ކާތިކު އާރިޔަންގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމުގައި އޭނާ މިހާރު ބިޒީވެ އުޅޭއިރު، އޭނާގެ ފަރާތުން ބޮޑެތި ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަހަރު ކާތިކު ވަނީ ބޮޑެތި ތިން ފިލްމަކަށް ސޮއި ކޮށްފައެވެ. އެހެންކަމުން މިއީ އޭނާގެ ކެރިއަރުގައި ވަރަށް ނާޒުކު ދަނޑިވަޅަކަށް ވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

މިހާރު އޭނާ ތައްޔާރުވަމުންދަނީ އަނުރާގް ބާސޫގެ ކުރިއަށް އޮތް ފިލްމަށެވެ. މި ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވީނަމަވެސް، މިއީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިގެންދާނީ ސްރީލީލާއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކާތިކު ދަނީ މި ފިލްމަށް ވަރަށް ބުރަކޮށް ތައްޔާރު ވަމުންނެވެ. މީގެ ކުރިން ދުވަހަކުވެސް ފިލްމެއްގެ ކެރެކްޓަރަކަށް ތައްޔާރު ނުވާ ވަރަށް، މި ފިލްމަށް އޭނާ ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.

މި ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ނިދިން މަހުރޫމްވުމުގެ އިތުރުން، މީހުންނާއެކު މުއާމަލާތު ކުރުންވެސް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން