ބޮލީވުޑްގެ ސުޕަސްޓަރ ތަރި ސަލްމާން ޚާން އާއެކު ބޮޑުސްކްރީނުން، ބޮލީވުޑްގެ އެކްޓްރެސް ޗިތުރަންގަދާ ސިންގް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ދެ ތަރިން އެކުގައި ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ ކުރިއަށް އޮތް ފިލްމުންނެވެ. މިއީ ސަލްމާނު އާއި ޗިތުރަންގަދާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމުގައި ވީއިރު، މިއީ ޑައިރެކްޓަރު އަޕޫރްވާއާއެކުވެސް ސަލްމާން މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ.
މި ފިލްމުގެ ޝޫޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 70 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު