"މަތީ އަރުތަވެރިންގެ އިނާމު 2022-2023 ގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
"މަތީ އަރުތަވެރިންގެ އިނާމު 2022-2023 ގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
2023 އަދި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު މިމަހު 21 އަދި 22 ގައި ބާއްވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އަދި މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށްވެސް ބުނެފައި ވެއެވެ.

މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ރައީސް ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން