ސޮރީގެ ލީޑުން ފެނިގެންދިޔަ އެވްލީ އާއި، މަންމަ ނާޝް އަދި އާއިލާ--
ސޮރީގެ ލީޑުން ފެނިގެންދިޔަ އެވްލީ އާއި، މަންމަ ނާޝް އަދި އާއިލާ--
މިމަހު 17 ގައި ނެރުނު ފިލްމި "ސޮރީ" ގެ ޝޯތަކަށް ބާރުބޮޑުވެ، ފިލްމުގެ ބައެއް ޝޯތައް މެންދުރުފަހު ބާއްވަން ނިންމައިފިއެވެ.

"ސޮރީ" އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަން އެވެ. މި ފިލްމު ޕްރިމިއާ ކުރުމުގެ ކުރިންވެސް ފިލްމުގެ 15 އަށްވުރެ ގިނަ ޝޯގެ ޓިކެޓު ވަނީ ވިކިފައެވެ.

ފިލްމު ބަލާލަން އޮލިމްޕަހަށް ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ އެންމެންވެސް ގަބޫލުކުރެއެވެ.

މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ލާލި އާއި އެވްލީގެ އެކްޓިންއަށްވެސް ވަރަށް ގިނަ މީހުން ވަނީ ތައުރީފުކޮށްފައެވެ.

މި ފިލްމަށް އޮތް ތަރުހީބު ބޮޑުވެ، ފިލްމުގެ ޝޯތަކަށް ބާރުބޮޑުވުމުގެ ސަބަބުން މެންދުރުފަހު ޝޯތަކެއް ބާއްވަން ނިންމާފައިވާ ކަމަށް "ސޮރީ" ގެ ޓީމުން ވަނީ ބުނެފައެވެ.

ނަހޫ ބުނީ ފިލްމު ބަލާފައި ނިކުމެ ވަރަށް ގިނަ މީހުން ލާލި އާއި އެވްލީ އާއެކު ފޮޓޯ ނަގަން އެކުދިން ހޯދާކަމަށެވެ. އެހެންނަމަވެސް ރޭގަނޑުގެ ޝޯތައް ނިމޭ ގަޑި ލަސްވުމުގެ ސަބަބުން އެކުދިންނާއެކު ފޮޓޯ ނަގާނެ ފުރުސަތެއް ގިނަ މީހުންނަށް ނުދެވޭ ކަމަށް ނަހޫ ވަނީ ބުނެފައެވެ.

ނަމަވެސް މެންދުރު ބާއްވާ ޝޯގައި ލާލި އާއި އެވްލީއާ ބައްދަލުކޮށް، އެކުދިންނާއެކު ފޮޓޯ ނަގާނެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަހޫ ވަނީ ބުނެފައެވެ.

ފިލްމު އަޅުވާއިރު އޮލިމްޕަހުގައި ފޮޓޯ ނަގާލާނެ ބެކްޑްރޮޕްތައް ތައްޔާރު ކޮށްފައިވާ ކަމަށާއި، އެތަންތަނުގައި އާންމުންނަށް ފޮޓޯ ނަގާލެވޭނެ ކަމަށް ނަހޫ ވަނީ ބުނެފައެވެ. އަދި މިރާ ސެލްފީވެސް އިންނާނެ ކަމަށް ނަހޫ ބުނެފައިވެއެވެ.

"ސޮރީ" އަށް އޮތް ތަރުހީބާއެކު ޝޯތަކަށް ބާރުބޮޑުވެފައިވާއިރު، ދެން އެންމެ އަވަހަށްވެސް ރަނގަޅު ޓިކެޓެއް ލިބޭނީ ޖުލައި 5 ގެ ފަހަށް ކަމަށް ނަހޫ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން