ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމުގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވަނީ، މި ޙަފްލާ ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައި ނުދެއްވައިފިނަމަ، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގެ ކަންމަތީގައި މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޙަފްލާއަށް އެމްޑީޕީގެ މެންބަރުން ވަޑައިގަތުމަށް ޝޯޝަލް މީޑިއާ މެދުވެރިކޮށް ދަޢުވަތު ދެއްވާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް ސަރުކާރުން ފަހުން ކަނޑައަޅުއްވާފައިވާ ތަންތަން ވެސް ހުރި ކަމަށެވެ.

އެހެންނަމަވެސް، އެމްޑީޕީން މި ކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ ޙަވާލުކޮށްފައިވާ ތަނެއް ކަމަށާއި، މިހާތަނަށް އެތަން ކުއްޔަށް ދޫކުރުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ، ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ސަރަޙައްދު އެ ޕާޓީން އެދިފައިވާ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

މި ޙަފްލާއަކީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ އެހެން މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ބާއްވާ ޚާއްޞަ ޙަފްލާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން