ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އާމިރު ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރް" އަކީ ރީމޭކެއް ކަމަށްބުނެ، އޭނާއަށް ޓްރޮލް ކުރަމުންދިޔަ މީހުންނަށް އޭނާ ރައްދު ދީފިއެވެ.
އިއްޔެ ނެރުނު "ސިތާރޭ ޒަމީން ޕަރު" އަކީ ސްޕެނިޝް ފިލްމެއްގެ ރީމޭކެކެވެ. އެހެންވެ، އެތައް ބައެއްގެ ފާޑުކިޔުން އާމިރު އަށް އަމާޒުވިއެވެ.
އެފަރާތްތަކަށް ރައްދު ދެމުން އާމިރު ބުނީ އެއީ އޭނާ ރީމޭކެއް ހެދި ފުރަތަމަ ފަހަރު ނޫން ކަމަށާއި، އޭނާގެ ކެރިއަރުގައި 10-15 ރީމޭކް ފިލްމު އުފައްދާފައި ވާކަމަށެވެ. އޭގެ ތެރޭގައި ގަޖިނީ، އަދި ޤަޔާމަތު ސޭ ޤަޔާމަތު ތަކް ފަދަ ފިލްމުތައް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އާމިރު އިތުރަށް ބުނީ އެހެން ބަހުރުވައަކުން ފިލްމެއްގެ ރީމޭކު ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި، މިއީ ހަމަ ވަރަށް ގިނަ ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ.
އަދި މިއީ ކޮޕީ ޕޭސްޓެއް ނޫން ކަމަށާއި، ފިލްމުގެ ވާހަކަ އެެއްގޮތް ވީނަމަވެސް، ވަރަށް ގިނަ ކަންކަން ތަފާތު ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އާމިރު ބުނީ އާންމުގޮތެއްގައި އެންމެ ބޮޑަށް ހިޓު ވަނީވެސް މިފަދައިން ހަދާ ރީމޭކް ފިލްމުތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު