ވީއައިއޭ ޓަރމިނލަގެ ކައުންޓްޑައުން ފެށުން
ވީއައިއޭ ޓަރމިނލަގެ ކައުންޓްޑައުން ފެށުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕަސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ.

ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް މިއަހަރުގެ ޖުލައި 26 ހަމަޖައްސާފައިވާއިރު، މި ކައުންޓްޑައުން ރޭ ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

ޓަރމިނަލް ހުޅުވުމަށް 35 ދުވަހަށް ވެފައިވާއިރު، ކައުންޓްޑައުން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެއަރޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އައު ޓަރމިނަލް ހުޅުވުމަކީ ޤައުމީ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.



ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އާ ޓާމިނަލްގައި ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުންނެވެ. އޭގެއިތުރުން އައު ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލުން މަޢުލޫމާތުދެއެވެ.

ހަމައެއާއެކު، އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ހިމެނޭއިރު ސެލްފް ސާވިސް ޗެކިން ކައުންޓަރުތައްވެސް ވަނީ ގާއިމު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން