ސަރުކާރުން ތައުލީމީ ދާއިރާއަށް ބިލިއަނުން ހޭދަކުރިއަސް ނަތިޖާ ހާސިލެއްނުވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަތީ އަރުތަވެރީންގެ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި ދަރިވަރުންނަށް ތަހުނިޔާ ދަންނަވައި، އެ ދަރިވަރުންނަށް އެކި މަރުޙަލާތަކުގައި ކިޔަވައިދިން މުދައްރިސުންނާއި ބެލެނިވެރީންނަށް މަރުޙަބާ އާއި ޝުކުރު ދަންނަވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ތައުލީމީ ދާއިރާއިން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލުކޮށް، ދަރިވަރުންގެ ނަތީޖާތައް ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކޮށް، މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގައި ހޭދަ ކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުވެސް އެންމެ ދާން ބޭނުންވާ މަންޒިލަށް ވާސިލު ނުވެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރުގެ ނަތީޖާއިންވެސް ފެންނަނީ އެމަންޒަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ މަދު އަދަދެއްގެ ދަރިވަރުން ކަމަށެވެ.
އެހެންކަމުން މި ހަގީގަތް ގަބޫލުކޮށްގެން ނޫނީ ދަރިވަރުންގެ ނަތީޖާ ކުރިއެރުވޭނެ ގޮތެއް ނެތްކަމަށާއި، މިކަންކަން ހައްލުކުރުމަށް، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތަކާއި، ކަރިކިއުލަމާއި، ކޮންޓެންޓަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ތައުލީމީ ދާއިރާއަށް ބިލިއަނުން ހޭދަކުރިއަސް ނަތިޖާ ހާސިލެއްނުވާ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ފަސް މާއްދާއިން ސީ ފާސް ހޯދުމަކީ، ދަރިވަރުން ފާސްވާންޖެހޭކަމަށް ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑެވެ.

ކިޔުންތެރިންގެ ހިޔާލު