ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި އެ ސްކީމް ހުއްޓިފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް އާ ނަމެއްގައި އެހެން ސްކީމެއް ފަށައިފިއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދިޔަ ޖީއެމްސީއީ ސްކީމް ހުއްޓުނީ މިދިޔަ ހަފްތާގައި ފުލުހުން އާންމުކުރި ބަޔާނަކާ އެކުއެވެ. އެ ބަޔާން ނެރުމާ އެކު ޖެމްކިއު މެދުވެރިކޮށް ފައިސާ ލިބުން ހުއްޓި ގިނަ ބައެއްގެ ފައިސާވަނީ އެ ސްކީމްގެ ތެރޭގައި ތާށިވެފައެވެ.
ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ އެ ސްކީމް ހިންގުމަށް ބޭނުންކުރާ ޓެލެގްރާމް ޗެނަލްގައި މިހާރު ވަނީ ޖީއެމްސީއީ އިން ފައިސާ ނުނެގޭގޮތް ވެފައިވާތީ "ކުއަންޓްޕޭން" ގެ ނަމުގައި ހަދާފައިވާ އާ ސްކީމަކަށް ފައިސާ އިންވެސްޓުކުރަން ބުނެފައެވެ.
ނަމަވެސް އާ ސްކީމެއް ހެދީ ޖެމްކިއު ހިންގަން އުޅުނު މީހުންކަމެއް ސާފެއް ނުވެއެވެ. ފުލުހުން ވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އެ ގުރޫޕްގައި ޖެމްކިއު ހިންގި މީހުން ބުނެފައިވަނީ ޖެމްކިއުގެ މާކެޓިންގ މީހުންނާ ނުގުޅޭތީ ފައިސާ ނެގޭގޮތް ނުވެފައިވާކަމަށެވެ. އެހެންވެ އެ ސްކީމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވެސް ދަނީ އެ ސްކީމުން ލިބުނު ގެއްލުމުގެ ބޮޑުކަން ފާހަގަކޮށް ގުރޫޕްގައި ލިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ގުރޫޕު ދޫކޮށް ނުކުންނަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު