ތައުލީމީ ދާއިރާ ކުރިއެރުވުމަށް، މޮޅު ކުދިން އެ ދާއިރާއަށް ވަނުމަކީ މުހިންމުކަމެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އޯލެވެލް އިމްތިހާނުތަކުން މަތީވަނަ ހޯދި ކުދިންނަށް އިނާމު ދިނުމަށް ކުރިއަށް ގެންދާ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ ބޭނުންވާ ދާއިރާތަކަށް އެ އަދަދަށް ޓީޗަރުން ނުލިބުން ކަމަށެވެ. އެގޮތުން މިހާރުވެސް ސެންޓީޗަރުންގެ މަގާމަށް 600 އަށްވުރެ ގިނަ ޓީޗަރުން ބޭނުންވާ ކަމަށާއި ދިވެހި އިސްލާމް ކިޔަވައިދޭ ވެސް 200 އެއްހާ ޓީޗަރުން ބޭނުންވާކަމަށެވެ.
އެހެންކަމުން މިއީ މުޅި މުޖުތަމައު މިކަމުގައި އެއްބަސްކިޔައިގެން ކުރިއަށްގެންދަން ޖެހިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ކިޔަވަން މޮޅު ކުދިން ޓީޗަރުންނަށް ވެގެންކަމަށާއި ތައުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ކިޔަވަން މޮޅު ކުދިން ނުކުމެ އެކަމުގައި ބައިވެރިވުމަކީ މުހިންމުކަމެއްކަމަށް ޝަފީއު ވިދާޅުވިއެވެ.
މަތީވަނަ ހޯދާ ކުދިންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވެސް ޝަފީއު ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ.
ތައުލީމީ ދާއިރާގައި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވަނީ ބިދޭސީ ޓީޗަރުންގެ ބަދަލުގައި މުޅީންވެސް ދިވެހީން އެ މަގާމުތަކަށް ހަމަޖެއްސުމަށެވެ.

ކިޔުންތެރިންގެ ހިޔާލު