އިޒުރޭލަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
އެ ސެޝަންގައި ދެއްކެވި ވާހަކައިގައި ހަލީލް ވިދާޅުވީ، ފަލަސްތީނަށް އިޒުރޭލުން ދެމުންދާ ގެއްލުންތަކާއި އީރާނަށް ދޭ ހަމަލާތަކުން ވެސް އިޒުރޭލަކީ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަން ހާމަވާކަމަށެވެ.
އަދި އިޒުރޭލުގެ އަމަލުތައް މިހާރުވަނީ ހައްދުން ނައްޓާފައިކަމަށާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުން އެ މުސްލިމުން ސަލާމަތް ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމަކަށް ވާކަމަށެވެ. އަދި ރާއްޖެ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައިކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ހަލީލް މިވަގުތު ހުންނެވީ އެ ސަމިޓުގައި ބައިވެރިވުމަށް ތުރުކީގެ އިސްތަންބުލްގައެވެ.

ކިޔުންތެރިންގެ ހިޔާލު