މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު
މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު
ރާއްޖޭގެ އާބާދިގެ ގިނަބަޔަކު ޖީއެމްސީ ފަދަ ސްކީމަކަށް އިންވެސްޓު ކުރުމުން އެނގެނީ އިންވެސްޓު ކުރުމުގެ ފުރުސަތުތައް ދިވެހީންނަށް ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޕިރަމިޑް ސްކީމެއްކަމަށްވާ ޖީއެމްސީގައި ގިނަބަޔަކު އިންވެސްޓު ކުރިފަހުން އެ ސްކީމް މިހާރުވަނީ ހުއްޓާލާފައެވެ. އޭގެ ސަބަބުން އޭގާ އިންވެސްޓު ކުރި ފަންސާސްހާހަށްވުރެ ގިނަ މީހުނަށްވަނީ އެކަމުން ބޮޑެތި ގެއްލުންތައް ވެފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ، ހަގީގަތުގައި ދިވެހީންގެ ދިރިއުޅުމުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި ފައިސާއެއް ލިބޭނެ ކޮޅުތައް މަދުކަމަށެވެ.

އަދި އެފަދަ ސްކީމެއްގައި ގިނަ ބަޔަކު އިންވެސްޓު ކުރުމުން އެނގުނީ އަމިއްލަ ވިޔަފާރިއެއް ކުރެވޭވަރަށް ފައިސާއެއް ދޫކުރާ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ނެތްކަމަށާއި ބެންކުތަކުން ފައިސާއެއް ނަގަން ކެރޭވަރަށްވުރެ އިންޓަރެސްޓް ރޭޓުތައް ބޮޑުކަންކަމަށް ސިރާޖު ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ހަނިކަމުން ޕްރައިވެޓް ސެކްޓަރ ނެތި، ޕަބްލިކް ސެކްޓަރއަށް އާބާދީގެ ބޮޑުބައެއް ބަރޯސާވާން މަޖުބޫރުވުމުގެ ސަބަބުން އުފެއްދުންތެރިކަން ކަންބޮޑުވާންޖެހޭ ދަރަޖައަށް ގޮސްފައި އޮތުން.” ސިރާޖު ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރަށްވުރެ ބޮޑަށް ޕްރައިވެޓް ސެކްޓަރ ކުރިއެރުވޭނެ ގޮތްތަކަކަށް އުސޫލުތައް ހަރުދަނާ ނުކުރެވިއްޖެނަމަ ރާއްޖޭގެ އިގުތިސާދަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންވެގެންދާނެކަމަށެވެ.

ސިރާޖު މިހެން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، މިފަހުން ހާމަވި ޕިރަމިޑް ސްކީމްގައި ފަންސާސްހާހަށްވުރެ ގިނަ މީހުން އެ ސްކީމްގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން