ކާލިދާރް ލާޕަތާގެ ޕޯސްޓަރު
ކާލިދާރް ލާޕަތާގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި އަބިޝެކް ބައްޗަންގެ ކުރިއަށް އޮތް ފިލްމު "ކާލިދާރު ލާޕަތާ" އަންނަ މަހު ނެރޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

މަދޫމީތާ ޑައިރެކްޓުކޮށްފައިވާ މި ފިލްމު ޕްރިމިއާ ކުރުމްށް ހަމަޖެހިފައިވަނީ ޒީ5 އިންނެވެ. އަދި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ނިކިލް އަދްވާނީއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދިރިއުޅުމުގެ ހަގީގީ މާނަ ހޯދުމަށް ކުރާ ދަތުރުގެ މައްޗަށެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ދައިވިކީ ބަގޭލާ ނަމަކަށް ކިޔާ ކުޑަ ކުއްޖަކު ވެސް ފެންނާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

އަންނަ މަހު މި ފިލްމު ޕްރިމިއާ ކުރާއިރު، އަބިޝެކް އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރުނު "ހައުސްފުލް 5" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން