މިނިސްޓަރ އަމީން
މިނިސްޓަރ އަމީން
އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރާ ބެހޭ ޤާނޫނުގައި ވާގޮތުން ނަމަ، އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭފަދަ، ތަރޑް ޕާޓީ އިންޝުއަރެންސެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސަކީ ސީދާ ވެހިކަލެއް ވަގަށް ނަގައިިގެން ބަދަލު ދިނުމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ޓްރެފިކް މައްސަލައަށް ހައްލުގެނައުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް އެކުލަވާލައި މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިބަދަލުތަކާއެކު އެޤާނޫނު ފާސްވެގެން އައުމުން މައްސަލަތަކަށް ހައްލު އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، އެ ޤާނޫނުގެ ދަށުން ތާރޑް ޕާޓީ އިންޝުއަރެންސްގެ ތެރެއިން އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ތަޢާރަފް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ދަތުރު ފަތުރުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މާލެ ފަހި ޕްރޮގްރާމްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެއްގަމު އުޅަނދުގެ ތާރޑް ޕާޓީ އިންޝުއަރެންސަކީ ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލުލިބޭގޮތް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން