ނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ މިހާރު ރާއްޖޭގައި ޓީޗަރުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އެގޮތުން 600 އެއްހައި ސެން ޓީޗަރުން ބޭނުންވާ ކަމަށާއި 200 އެއްހައި ޕްރައިމަރީ ޓީޗަރުން އަދިވެސް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަދަދަށް ޓީޗަރުން ބޭނުންވަނީ ކީސްޓޭޖް ހަތަރަކާއި ކީސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުން ނުހިމަނައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި އެގޮތުން މިއަހަރު ވެސް އިތުރު ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ހައި އެޑިއުކޭޝަން އިންސްޓިޓިއުޓްތަކާ ގުޅިގެން ސެން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން