ފ. ނިލަންދޫގައި ކުއްލިގޮތަކަށް ޒުވާނަކަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.
ކުއްލި ގޮތަކަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދަނީ ނިިލަންދޫ އަސުރުމާގޭ ވަޖީހު މޫސާ (ސީޖޭ) އަށެވެ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެެވެ.
ރަސްއޮންލައިން އަށް މިއަދު ހަވީރު މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވީ، ރޭ ގާތްގަނޑަކަށް ބާރަ ގަޑި ބައި އެހާކަންހާއިރު، ރަށުގައި ޓީޝާޓް ޕްރިންޓް ކުރުމާއި މިފަދަ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ އަދި ޚާއްޞަކޮށް ރަށުގެ ޒުވާނުންގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެ ޒުވާނާއަށް ކުއްލިއަކަށް މި ހާލަތު ކުރިމަތިވީ، އެ މަސައްކަތްތަކުގެ ތެރޭގައި އުޅެފައި ގެއަށް ދިޔަ ވަގުތު ކަމަށެވެ.
"ގެއަށް ގޮސް އަންހެނުން ކައިރީގައި ބުނީ ބޮލުގައި ރިއްސާ ވާހަކަ. ދެން އެކަމަކު ބޮލުގައި ރިއްސާ ވާހަކަ ބުނެފައި ދާހިއްލާ މިކަހަލަ ކަންތައްތަކެއް ވެގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ. ގެންދިޔައިރަށް ވަގުތުން ބުނެފި ސްޓްރޯކެއް ޖެހިފައޭ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސްޓްރޯކެއް ޖެހިފައިވާ ކަމަށް ބުނުމާއެކު އާސަންދަ ލިބިގެން ސީއެމްބިއުލާންސްގައި މާލެއަށް ގެނެވުނީ ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ. އެގޮތުން ވަޖީހަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހާލަތު އެހާ ރަނގަޅު ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު އާއިލާ މީހަކަށް ގުޅައިގެން ހާލު ބެލިއިރު، ސީޓީ ސްކޭން ހެދުމުން ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިތުރަށް ހަމަ ބަލައި އެކަހަލަ ކަންތައްތަކެއް ކުރަމުންނޭ ދަނީއޭ ބުނީ. އޭނާގެ ހާލަތު އެހާ އަދި ރަނގަޅެއް ނޫން،" އަލީ އަޙްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި ޒުވާނާއަކީ ޚާއްޞަކޮށް ރާއްޖޭގެ ވެސް ކުޅިވަރު ދާއިރާގައި އުޅޭ ވަރަށް ގިނަ ފަރާތްތަކާ ގުޅުން އޮންނަ ފަރާތެއް ކަމަށެވެ. އޭނާއަކީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ، ކުޅިވަރުގެ ކަންތައްތަކާއި ރަށުގެ އިޖްތިމާޢީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ފަރާތެެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ނިލަންދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ވަޖީހުގެ ގައިގައި އިތުރު ބައްޔެއް ހުރިކަން ފާހަގަވެފައިނުވާ ކަމަށެވެ.
"ނޫނޭ، މިހާތަނަށް ވަރަށް އެކްޓިވް ކޮށް އުޅޭ ކުއްޖެއް. އެއްވެސް ކަހަލަ ބަލިކަމެއްގެ ތެރޭގައި އުޅޭކަން ފާހަގައެއް ނުވޭ. ކުއްލިއަކަށް ފާހަގަވި ކަމެއް މީ،" އަލީ އަޙްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން މިވަގުތަކީ ޚާއްޞަކޮށް ނިލަންދޫގެ ޒުވާނުންނާއި ރަށުގެ ކުދި ބޮޑު ހުރިހާ އެންމެން މިކަމުގެ ހިތާމަ ފާޅުކުރާ ވަގުތެއް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނިލަންދޫ ކައުންސިލްގެ ފަރާތުން އެ ވަޖީހަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރަސް އޮންލައިން އަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޒުވާނާ އަށް ސްޓްރޯކެއް ޖެހުނީ ޕްރެޝަރު މައްޗަށް ގޮސްގެން ކަމަށާއި އޭގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިފައިހުރި ކަމަށެވެ. އަދި އޭނާގެ އެއްފަޅީގެ ވާގި ނެތިފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމަށް އައިޖީއެމް ހޮސްޕިޓަލަށް ގުޅުމުން މީޑިޔާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފު ކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު