ބޮލީވުޑްގެ ސުޕަސްޓަރ ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" އިން ޖެއިދީޕް އަހްލަވަޓްވެސް ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ދާދި ފަހުން ލަލަންޓޮޕަށް ދިން އިންޓަވިއުއެއްގައި ޖެއިދީޕް ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެގޮތުން ޖައިދީޕް ބުނީ މި ރޯލު އޭނާއަށް ދިނުމަކީ ޝާހުރުކް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނަމުން ދިޔަ ކަމެއް ކަމަށާއި، އެހެންނަމަވެސް "ޖުވެލް ތީފް" އަށްފަހު ކުޑަ ރޯލެއް ދޭން ސިދާތު އާނަންދު ކުޑަކޮށް ފަސްޖެހުނު ކަމަށެވެ. އަދި ފަހުން ޝާހުރުކް ވާހަކަ ދެއްކުމުން އޭނާއަށް "ކިންގް" ގެ ރޯލު ދިނީ ކަމަށް ޖެއިދީޕް ވަނީ ބުނެފައެވެ.
މި އިންޓަވިއުގައި ވާހަކަ ދައްކަމުން ޖެއިދީޕް ވަނީ ޝާހުރުކަށް ވަރަށް ތައުރީފްކޮށްފައެވެ. އެގޮތުން އޭނާ ބުނީ ޝާހުރުކަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި، އަބަދުވެސް ބައްދަލުވާ ހިނދު އޭނާއަށް ގާތްކަން އިހުސާސްކޮށްދޭ ކަމަށެވެ.
ސިދާތު އާނަންދް ޑައިރެކްޓުކުރާ މި ފިލްމަކީ ބޮޑު ކާސްޓަކާއެކު އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސުހާނާ ޚާން، ޝޯރަބް ޝުކްލާ، ދިޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ، އަބިޝެކް ބައްޗަން، ޖެކީ ޝްރޮފް، އަދި އަނިލް ކަޕޫރު ފަދަ ތަރިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު