ސަލްމާން ޚާން އާއި ކަޕިލް ޝަރްމާ
ސަލްމާން ޚާން އާއި ކަޕިލް ޝަރްމާ
ވަރަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ތަހައްމަލު ކުރަމުންދާ ކަމަށް ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާން ބުނެފިއެވެ.

ދާދި ފަހުން ކަޕިލް ޝަރްމާ ޝޯއަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ ސިނަމާގައި މަސައްކަތްކުރުމުގެ ތެރޭގައި އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކުގެ ވާހަކަ ހިއްސާ ކޮށްފަައެވެ.

އެގޮތުން އޭނާ ބުނީ ފިލްމުތަކުގެ ޝޫޓުތަކުގައި ޖައްސާ އެކްޝަން ސީކުއެންސްތަކުގެ ސަބަބުން ބައެއް ފަހަރު ވަރަށް ބޮޑެތި އަނިޔާ ލިބޭ ކަމަށާއި، ދާދި ފަހުންވެސް އޭނާގެ މޭކަށި ބިންދައިގެން ދިޔަ ކަމަށެވެ. އަދި ޓްރައިޖެމިނަލް ނިއުރަލްޖިއާ (ދާއިމީކޮށް ގައިގައި ރިއްސާ ހާލަތެއް) އާއި، ބްރެއިން އެނެރިޒަމެއްގެ އިތުރުން، އާޓެރީނަސް މަލްފޯމޭޝަން (އޭވީއެމް) އަކީވެސް އޭނާ ތަހައްމަލު ކުރަމުންދާ ސީރިއަސް ސިއްހީ މައްސަލަތަކެއް ކަމަށް ސަލްމާން ވަނީ ހާމަކޮށްފައެވެ.

ސަލްމާން ބުނީ މި ހުރިހާ މައްސަލަތަކެއް ތަހައްމަލުކުރި ނަމަވެސް، އޭގެ އަސަރު މަސައްކަތަށް ވިޔަނުދޭން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން