އައި.ޖީ.އެމް.އެޗާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހެލްތު މިނިސްޓްރީ އަށް އަންގަވައިފިއެވެ.
ރައީސް އެގޮތަށް އެންގެވީ މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓި އަނިޔާވި ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ.
ރައީސް މުޢިއްޒު ޞިއްޙީ ވުޒާރާއަށް އެންގެވި އެންގެވުމުގައި، ރިޔާސީ ކޮމިޝަންގެ ރިޕޯޓަށް އަލިއަޅުވައި، ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އައި.ޖީ.އެމް.އެޗް.ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން އެފް.ޕީ.ޔޫ.އަށް އެންގި ކަމުގައިވިޔަސް، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވެ އެކަން ނުކޮށް ދޫކޮށްލާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މިކަމަކީ އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީ. (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ) ގައި އެތަނުގެ މުވައްޒަފު ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފު ޢަމަލެއްކަން ރިޕޯޓުން އެނގޭ ކަމަށްވެސް އެމަނިކުފާނުގެ އެންގެވުމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑް ނުވި ކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އާއިލާއިން އެދިއްޖެނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަކަމަށް ރިޕޯޓުގައި ބުނެފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން، އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗަށް ގެންދިއުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް،" "އޭނަލް ސްވޮބް،" "ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ރައީސްގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ. މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗްގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކޭކަމަށްވެސް ރައީސްގެ އެންގެވުމުގައިވެއެވެ.
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫގެ އިދާރީ ކަންކަން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ ޞިއްޙީ ވުޒާރާއަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު