ލޯންޗަކާ ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެކްސިޑެންޓު ހިނގާފައިވަނީ ކަނުހުރާ ރިސޯޓުގެ ލޯންޗަކާ ޅ. ހިންނަވަރު ޑިންގީއެކެވެ.

އެކްސިޑެންޓުވެ ޑިންގީގެ ބައެއް ފަޅައިގެންގޮސް ޑިންގީ އަޑިއަށް ގޮސްފައިވާއިރު، އޭގައިތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެގެން މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ރިސޯޓު ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން