ވެދަންގު ރެއިނާ
ވެދަންގު ރެއިނާ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިއާޒް އަލީ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ބޮލީވުޑްގެ ތަެި ވެދަންގު ރެއިނާ ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެދަންގު ބުނީ އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވި ސީރީސް "ދަ އާރޗީސް" ރިލީޒް ކުރިތާ ކައިރީ އިމްތިއާޒާއެކު ފިލްމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އޭގެ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އަލުން ބައްދަލުވެ، މި ފިލްމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވެދަންގު ބުނީ އިމްތިއާޒްގެ ފުރަތަމަ ފިލްމު "ސޯޗާ ނާ ތާ" ފިޔަވައި ހުރިހާ ފިލްމެއްވެސް ބަލާފައިވާ ކަމަށެވެ. އަދި އެހެން އެއްވެސް މީހަކަށް ނޭނގޭ ފަދައިން އިމްތިއާޒަށް އިންސާނީ ޖަޒުބާތުތަކާއި އުދާސްތައް އެނގޭ ކަމަށާއި، އެކަން ސްކްރީނުން ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމަށް ވެދަންގު ވަނީ ބުނެފައެވެ.

މި ފިލްމުގައި ވެދަންގުއާއެކު ދެން ފެނިގެންދާނީ ނަސީރުއްދީން ޝާހު އެވެ. ފިލްމުގެ ތައްޔާރީތައް ކޮންމެވެސް ވަރަކަށް ފަށާފައިވާކަން ހާމަކުރަމުން ވެދަންގު ބުނީ އަންނަ އޮގަސްޓު މަހު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން