ދަ ފެމިލީ މޭން 3 ގެ ޕޯސްޓަރު
ދަ ފެމިލީ މޭން 3 ގެ ޕޯސްޓަރު
ގިނަ ބައެއްގެ މެދުގައި މަގުބޫލު ސީރީސް "ދަ ފެމިލީ މޭން" ގެ ތިން ވަނަ ސީޒަންގެ ފަސްޓު ލުކް ދައްކައިފިއެވެ.

އެމެޒަން ޕްރައިމް އިން ވަނީ މި ބްލޮކްބަސްޓަރު ސީރީސްގެ ތިން ވަނަ ސީޒަންގެ ފުރަތަމަ ޕޯސްޓަފު އިންސްޓަގްރާމް ގައި ހިއްސާ ކޮށްފައެވެ. އެ ޕޯސްޓަރުގައި މަނޯޖް ބާޖްޕަޔީ ފެނިގެންދާއިރު، އޭނާ މި ސީރީސްގައި ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރު ސްރީކާންތު ތިވާރީގެ ރޯލުންނެވެ.

ޕޯސްޓަރު ދައްކާލުމާއެކު އެއަށް ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މި ޕޯސްޓަރު ބަލާލުމުންވެސް ސީރީސްގެ އިންޓެންސްކަން ރަނގަޅަށް ދޭހަވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ސީރީސްގެ ސްޓޯރީލައިން އިތުރަށް ފުޅާ ކުރުމަށް އާ ކެރެކްޓަރުން މި ސީރީސްގައި ތައާރަފްވެގެން ދާނެ ކަމަށް ޕްރައިމް އިން ވަނީ ހާމަކޮށްފައެވެެ. އެގޮތުން މުޅިން އަލަށް ސީރީސްއާ ގުޅޭ ތަރިންގެ ތެރޭގައި ސަންދީޕު ކިޝަން، ޖުގަލް ހަންސްރާޖު، ދަރްޝަން ކުމާރު، އަދި ސީމާ ބިސްވާސް ހިމެެނެއެވެ.

މި ސީރީސްގެ ފުރަތަމަ ދެ ދީޒަނަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން