ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑު 2" ނެޓްފްލިކްސް އަށް ދޫކޮށްލައިފިއެވެ.
މިދިޔަ މަހުގެ 1 ގައި ސިނަމާތަކަށް ނެރުނު މި ފިލްމަކީ ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. މި ކްރައިން ތުރިލާ ފިލްމަށް ބޮކްސް އޮފީހުގައި 243.06 ކަރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައި ވެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޓެކުހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް އޮފިސަރަކާއި އޭނަގެ ޓީމުން ކުރާ ބުރަ އަދި ހިތްވަރު ގަދަ މަސައްކަތުގެ މައްޗަށެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އިތުރުން ރިތޭޝް ދޭޝްމުކާއި ރަޖަތު ކަޕޫރާއި ސޯރަބް ޝުކްލާ އާއި ސުޕްރިޔާ ޕަތަކާއި އަމިތު ސިއަލް އަދި ގޯވިންދު ނަމްދޭވް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު