ސަރްދާރް ޖީ 3
ސަރްދާރް ޖީ 3
ޕާކިސްތާނުގެ ތަރިންނާއެކު މަސައްކަތް ކުރުމުން ބޮލީވުޑްގެ މަޝްހޫރު ތަރި ދިލްޖިތު ދޯސަންޖު ބްލެކްލިސްޓުކޮށްފިއެވެ.

މާދަމާ ނެރެން ހަމަޖެހިފައިވާ ދިލްޖިތުގެ ފިލްމު 'ސަރްދާރް ޖީ 3' ގެ ކާސްޓުންގެ ތެރޭގައި ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރުގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ އެހެނިހެން ފިލްމީ ތަރިން ހިމަނާފައިވާތީ އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން އޭނާ ބްލެކްލިސްޓުކޮށް، އޭނާގެ ޕާސްޕޯޓު ބާތިލު ކުރުމަށްވެސް ގިނަ އަދަދެއްގެ މީހުން ވަނީ ގޮވާލާފައެވެ.

އަދި އިންޑިއާގެ ފިލްމީ ސިނާއަތުގެ ކަންކަން ބަލަހައްޓާ އިސް އިދާރާތަކުންނާއި އާއްމުންގެ ގިނަ ބަޔަކު ވަނީ ދިލްޖިތާއެކު މަސައްކަތްކުރާ ފަރާތްތަކަށް އޭނާއާއެކު މަސައްކަތްކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

މި ފިލްމު ރިލީޒްކުރާއިރު އިންޑިއާގެ ފިލްމު ފެޑަރޭޝަނުން އަންގާފައިވާ އެންގުންތަކާ ޚިލާފުވެފައިވާ ނަމަ ދިލްޖީތާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެފެޑެރޭޝަނުންވެސް ވަނީ ދީފައެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުން ހީނަރުވެ، ދެ ޤައުމުގެ އަސްކަރިއްޔާއިން ހަމަލާތައް ބަދަލުކޮށްފައިވާއިރު ޕާކިސްތާނުގެ އެކްޓަރުންނަށް އިންޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށްވެސް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ އެއްވެސް ކޮންޓެންޓެއް އިންޑިއާގައި ބެލުން މަނާކޮށްފައިވާއިރު ޕާކިސްތާނުގެ ފިލްމީ ތަރިންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް އިންޑިއާގައި ވަނީ ބްލޮކްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން