މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމާއި ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި ވިޔަފާރިކުރުމާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ މަސްތުވާތަކެތީގެ ނުރައްކަލާއި އޭގެ ވިޔަފާރީގެ އަސްލު ފުންކޮށް އަށަގެންފައިވާ ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަތަކަށް ބޭނުންވަނީ އެއްބައިވަންތަ، ދުނިޔެއަށް ޝާމިލުވާ ޖަވާބެކެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަސައްކަތްތަކުގައި ޤާނޫނު ތަންފީޒުކުރުމާއި، ރައްކާތެރިކުރުމާއި، ފަރުވާދިނުމާއި އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ ފަރާތްތައް އަލުން މުޖުތަމަޢުއަށް ގެނައުން އެކުލެވޭ އެއްކޮށްލެވިފައިވާ ޤައުމީ އޮނިގަނޑެއްގެ ތެރެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މި ދުވަހާ ގުޅިގެން، ރައީސް ވަނީ ދުޅަހެޔޮ، ރައްކާތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ކުރާ ދެމެހެއްޓެނިވި މަސައްކަތް އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި މި ނާޒުކު ގޮންޖެހުންތަކާ ދެކޮޅަށް ދުނިޔެ ކުރާ މަސައްކަތަށް ރާއްޖެ އިން އެހީތެރިވެ، އެކަމުގައި ސަރުކާރު ޙިއްސާވާނެ ކަމުގެ ޔަޤީން ކަން ރައީސް ދެއްވިއެވެ.
"މިއަދު އަޅުގަނޑު އަލުން ކަށަވަރުކޮށްދެނީ، ދިވެހިރާއްޖެ އިތުރަށް ދުޅަހެޔޮ އަދި ރައްކާތެރި ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކާއި، މި ނުރައްކާތެރި ގޮންޖެހުންތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެ، އެއަށް ހިއްސާކުރުމުގައި ދެމިތިބޭނެކަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

On this International Day Against Drug Abuse and Illicit Trafficking, let us recognize the deep-rooted challenges of drug abuse and trafficking. These issues demand a united, global response. The Maldives has made meaningful strides through a unified national framework that…
— Dr Mohamed Muizzu (@MMuizzu) June 26, 2025
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަސައްކަތްތަކުގައި ޤާނޫނު ތަންފީޒުކުރުމާއި، ރައްކާތެރިކުރުމާއި، ފަރުވާދިނުމާއި އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ ފަރާތްތައް އަލުން މުޖުތަމަޢުއަށް ގެނައުން އެކުލެވޭ އެއްކޮށްލެވިފައިވާ ޤައުމީ އޮނިގަނޑެއްގެ ތެރެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މި ދުވަހާ ގުޅިގެން، ރައީސް ވަނީ ދުޅަހެޔޮ، ރައްކާތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ކުރާ ދެމެހެއްޓެނިވި މަސައްކަތް އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި މި ނާޒުކު ގޮންޖެހުންތަކާ ދެކޮޅަށް ދުނިޔެ ކުރާ މަސައްކަތަށް ރާއްޖެ އިން އެހީތެރިވެ، އެކަމުގައި ސަރުކާރު ޙިއްސާވާނެ ކަމުގެ ޔަޤީން ކަން ރައީސް ދެއްވިއެވެ.
"މިއަދު އަޅުގަނޑު އަލުން ކަށަވަރުކޮށްދެނީ، ދިވެހިރާއްޖެ އިތުރަށް ދުޅަހެޔޮ އަދި ރައްކާތެރި ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކާއި، މި ނުރައްކާތެރި ގޮންޖެހުންތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެ، އެއަށް ހިއްސާކުރުމުގައި ދެމިތިބޭނެކަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު