މުޅި ރާއްޖޭގައި މި އަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅުގައި ފެރީ ޚިދުމަތް މިއަދު ފެށުމާ ގުޅިގެން، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ފެށިކަން އިއުލާން ކުރަށްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް ކަމަށާއި، ބާކީ ހުރި ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުގެ ދަތުރުފަތުގެ ސިޔާސަތު ތަންފީޒު ކުރުމަށް ތަޢާރަފް ކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ މަސައްކަތް އެ ސަރުކާރުގެ ދައުރު ހަމަވީއިރު އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.
އާރުޓީއެލްގެ ނަމުގައި ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު