އެމްޑީޕީގެ ސަރުކާރެއްގައި އާރުޓީއެލްގެ ދަތުރުތައް ގަޑިއަށް ފަށައި އިތުބާރާއެކު ދަތުރުކުރެވޭނެ ގޮތް ހަދައިދެއްވާނެކަމަށް އެމްޑީޕީގެ ރިިޔާސީ ޓިކެޓްއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިރޭ އެކްސްގައި ވިދާޅުވީ ގަޑިއަށް ދަތުރުތައް ނުފެށޭ މައްސަލައަކީ އާރުޓީއެލް ނިޒާމު ބޭނުންކުރާ ސްކޫލް ކުދިންނާއި، އާންމުން އަދި ވަޒީފާތަކަށްދާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.
އެހެންވެ އެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ފައިސަލް ދެއްވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ނިޒާމު ހަރުދަނާކޮށް، ޖީބަށް ލުއިކޮށް، ރައްޔިތުންނަށް އިތުބާރާއެކު ދަތުރުކުރެވޭނެ ފަސޭހަ ގޮތަކަށް މި ނިޒާމު ބައްޓަން ކޮށްދޭނަން!" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މާލޭ ސަރަހައްދުގައި ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި އަދި ފައިދާހުރި ހިދުމަތެއް ކަމަށާއި އަދި ދިރިއުޅުމުގައި ހާސްކަމެއް ނެތި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެ ރައްކާތެރި އަގުހެޔޮ ނިޒާމެއް އޮތުމަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ލިބޭ ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.
އޭގެ އިތުރުން ގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމު ހަރުދަނާވެ، ވަރުގަދަވުމަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ އުޅަނދުފަހަރު ތޮއްޖެހުމުގެ މައްސަލަ އާއި، ނުރައްކާތެރި އެކްސިޑެންޓުތައް މަދު ކުރުމަށް އޮތް ފަހި ފުރުސަތެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު