ލާމަރުކަޒީ ނިޒާމަށް މިހާރުގެ ސަރުކާރުން ގެންނަ ބަދަލުތަކަކީ ޤައުމަށް ގެއްލުންދޭނެ ކަންކަން ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ މުނާސަބާތުގައި ދެއްވި ވީޑިޔޯ މެސެޖެއްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، އެމްޑީޕީއަކީ ހަމައެކަނި ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި، މީގެ ވިއްސަކަށް އަހަރާއި ފަންސަވީހަކަށް އަހަރު ކުރިން އުފެދުނު ސިޔާސީ ފަލްސަފާއެއް ކަމަށެވެ. އަދި އެމްޑީޕީގެ ފަލްސަފާ ބިނާކުރެވިފައިވަނީ ރައްޔިތުންގެ އަޑަކީ އޭގެ މައިގަނޑު ކަމަށް ބަލައިގެން ކަމަށް ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން ގަބޫލުކުރާ ހަމަތައް، ހާއްސަކޮށް އަދުލުވެރިކަން އަދި ރައްޔިތުންގެ ބައިވެރިވުމާއެކު ޤައުމެއް ހިންގުން، އެޕާޓީގެ ދިދައިގައިވެސް ފެންނަން ހުންނާނެ ކަމަށެވެ.
"މި ފަލްސަފާއަށް 20 އަހަރު ފުރިގެންދާއިރު އަޅުގަނޑުމެން މި ތިބި ހާލާމެދު އަޅުގަނޑުމެން ވިސްނަން ވެއްޖެ. މިއަދުގެ ސަރުކާރުން މިހާރު މިދަނީ ރައްޔިތުންގެ ބައިވެރިވުމާ އެއްކޮށް ހިނގަމުންދިޔަ ސަރުކާރެއް ކަމަށް ފަހުން ފަސް އަހަރުގެ ސަރުކާރުގައި އަޅުގަނޑުމެން ހާސިލުކުރި ބައެއް ކަންތައްތައް އަލުން ބަލުންކޮށް، އިހު ހުރި ގޮތަށް ބަދަލުކުރަމުން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އެގޮތުން، ޚާއްސަކޮށް ލާމަރުކަޒީ ގާނޫނަށް މިހާރު ގެންނަ ބަދަލުތަކަކީ އެންމެން ވިސްނަންޖެހޭނެ ކަމެއް ކަމަށާއި، އެކަމުން ލިބިދާނެ ގެއްލުމަށްޓަކައި މިއަދު މަސައްކަތް ކުރުން މުހިންމު ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ. ޑރ. ޝަމްހީދު ވަނީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހު، ޤައުމަށް މިހާރު ލިބިފައިވާ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި އެންމެން އެއްބައިވަންތަވެ، އެކަތިގަނޑަކަށްވެ، ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓަން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، އެގޮތަށް ކަންތައް ކޮށްފިނަމަ، މީގެ 20-25 އަހަރު ކުރިން އެމްޑީޕީން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދިގެންދާނެ ކަމަށެވެ. ޑރ. ޝަމްހީދު ވަނީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ މެމްބަރުންނަށް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު