ކުރިއަށް އޮތް ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީކުރާނެ ގަރާޖެއްނެތި އެއްވެސް ވެހިކަލެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދަކީ އެންމެ ތޮއްޖެހުން ބޮޑު ސަރަަހައްދު ކަމުގައިވާއިރު، މާލޭގައި ދުއްވުމަށް ގިނަ ވެހިކަލްތަކެއް ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓީއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ކަމަށެވެ.
އަދި ސަރުކާރުން ވެރިކަމާއި ހަވާލުވެ މާލެ ސިޓީ ކައުންސިލާއި އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑަނޭޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެ ސިޓީއަށްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މާލޭ ސަރަހައްދުގެ ވެހިކަލް ލިމިޓެއްނެތި އެތެރެކުރުމުގެ މައްސަލަ މިހާ ހިސާބަށްގޮސްފައިވަނީ ޤާނޫނާއި ގަވައިދާ ޚިލާފަށް އެތައް ކަމެއް ހިންގުމަށް މީގެ ކުރިން ޖާގަ ދެވިފައި އޮތުމުންކަމަށެވެ.
އަދި މި ސަރުކާރު ވެރިކަމަށް އައިފަހުން ޤާނޫނާއި ގަވައިދުތަކާއި ޚިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް ދީފައި ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން ވިޔަކަ ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފާއިތުވީ ދެ އަހަރާ އަޅާބަލާއިރު ވެހިކަލް ރެޖިސްޓްރީ ކުރި އަދަދު ވަނީ 74.6 އިންސައްތައަށް ދަށްވެފައި ކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ ޤާނޫނާއި ގަވާއިދުތައް ހިފެހެއްޓުމުން މި މައްސަލަތައް ރަނގަޅުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު